ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއި ބެހޭ

ނަންބަރު : (IUL)320-PRM/320/2024/138
ޕަބްލިޝްކުރި ތާރީޚު : 28 އޮކްޓޯބަރު 2024
ސުންގަޑި : 07 ޖެނުއަރީ 2024

 ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ 'އޮޕަރޭޝަން ކުރަނގި'  ގެ ދަށުން ބ.އޭދަފުށީގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިކައުންސިލުން މިދަނީ ކުރަމުންނެވެ. އެހެންކަމުން ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެފަރާތެއްގެ  ޙަވާލުގައިވާ ބިދޭސީންގެ މަޢުލޫމާތު ދަފްތަރުގައި ހިމެނުމަށްޓަކައި 07 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލާއި މަޢުލޫމާތު ޙިއްސާކުރެއްވުމަށް ދަންނަވަމެވެ. މިމަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 08:30 އިން 14:00 އަށް ކައުންސިލުގެ އިދާރާގައެވެ.

ދަފްތަރުގައި ރަޖިސްޓްރީވުމަށް ބިދޭސީން ފޮނުވާއިރު އެފަރާތުގެ ވޯކްޕާމިޓް އަދި ޕާސްޕޯޓު ސައިޒު ފޮޓޮއެއް ހިފައިގެން ޙާޟިރުވުމަށް ދަންނަވައިދެއްވުން އެދެމެވެ. އަދި އެފަރާތެއްގެ އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް ދަފްތަރުގައި ރަޖިސްޓްރީވާންޖެހޭތީ ލިޔެކިޔުންތައް ނެތް ފަރާތްތަކުންވެސް މިދެންނެވި މުއްދަތުގައި ކައުންސިލް އިދާރާއަށް ފޮނުއްވާ ދަފްތަރުގައި ރަޖިސްޓްރީކުރުމުގެ ކަންތައް ކުރިއަށް ގެންގޮސް ނިންމުމަށް ދެންނެވީމެވެ.

     މިމުއްދަތުގެ ފަހުން މިރަށުގައި ދިރިއުޅޭ ބިދޭސީން ދަފްތަރުގައި ރަޖިސްޓްރީނުކޮށް މިރަށުގައި އުޅުމަކީ މަނާކަމެއް ކަމުގައިވެސް ދެންނެވީމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ޑައުންލޯޑް ކުރުމަށް