ބ. އޭދަފުށި
އޭދަފުއްޓަކީ މާޅޮސްމަޑުލު ދެކުނުބުރީ މެދުތެރޭގައި ކާށިދޫ ބޮޑު ކަނޑާއި ގުޅިފައިވާ އަތޮޅޮގެ އިރުމަތީބިތުގައި އޮންނަ ރަށެކެވެ. މި ރަށް އޮންނަނީ ހުޅަގު އިރުން 73 ދަގީގު 0 ސާނިޔާ، އުތުރުން 05 ދަގީގު 0 ސާނިޔާއިރުގައެވެ. އަދި މިއީ އަތޮޅު އިރުމަތީ ފަރާތު އަތޮޅު މެދެތެރޭގައި އޮންނަރަށެކެވެ. މިރަށަކީ ޤުދުރަތީ ގޮތުން އެކުލެވިގެންވާ މާޅޮސްމަޑުލު ދެކުނުބުރިއަށް ނިސްބަތްވާ ރަށެކެވެ. މިރަށާ މާލެއާ ދެމެދު ހުންނަދުރުމިނަކީ 63 މޭލެވެ. މިރަށުގެ ބޮޑުމިނަކީ 57 ހެކްޓަރެވެ. އިދާރީގޮތުން މިއަތޮޅުގެ ވެރިރަށަކީ އޭދަފުއްޓެވެ. މިރަށަށް ސިޔާސީގޮތުން ދީފައިވާ ނަމްބަރަކީ F 10 އެވެ. 2024 ވަނަ އަހަރު ޖޫންމަހުގެ ނިޔަލަށް މިރަށުގެ އާބާދީއަކީ 3486 އެވެ. މީގެތެރޭގައި ހިމެނެނީ 1680 އަންހެނުންނާ 1806 ފިރިހެނުންނެވެ. އަދި 725 ގޭގައި މީހުން ދިރިއުޅެމުންދެއެވެ. މިރަށުގައި ވިޔަފާރި ކުރާ 92 ފިހާރަ ހުރެއެވެ. އަދި މަސްވެރިކަމަށް ރަޖިސްޓްރީ ކޮށްފައިވާ 25 އުޅަނދު އޮވެއެވެ.
ރަށުގެ އާބާދީ
3493
ގޭބީސީ
725
ރަށުގެ ބޮޑުމިން (ހެކްޓަރ)
57
ވިޔަފާރި
92
ހޮޓާ,ރެސްޓޯރަންޓް
ގެސްޓްހައުސް
ރަށުގެ ޑައިރެކްޓަރީ
ތަޞައްވުރު
ދީނީ، އިޖްތިމާޢީ، ޞިއްޙީ، ތަޢުލީމީ، ޡަޤާފީ، އިޤްތިޞާދީ، އަދި ޢުމްރާނީގޮތުންނާ ތިމާވެށީގެގޮތުން ތަރައްޤީއަށް ލޯބިކުރާ އެކުވެރި ރަޙުމަތްތެރި އެކަކު އަނެކަކަށް އަޅާލާ އުފާވެރި ރައްޔިތަކު ދިރިއުޅޭ މިސަރަޙައްދުގެ ނާރެހަކަށްހެދުން
އަމާޒު