ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ ދަފްތަރު އެކުލަވާލުން

ނަންބަރު : (IUL)320-PRM/320/2024/94
ޕަބްލިޝްކުރި ތާރީޚު : 30 ޖުލައި 2024
ސުންގަޑި : 15 އޯގަސްޓު 2024

  އެކި ބާވަތުގެ ތަކެތި ރާއްޖޭގައި ބޭނުންކުރުމަށް ނުވަތަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރުމަށް އުފައްދާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑިން ދަނީ ކުރަމުންނެވެ.

މި މަޢުލޫމާތު އެއްކުރުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި އާމްދަނީ ހޯދުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މަޢުލޫމާތާއި ވިޔަފާރި އުޞޫލުން ވިއްކުމަށް ތަކެތި އުފައްދާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މަސައްކަތް ކުރިއަރުވައި، ރާއްޖޭގައި ވިއްކުމަށާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓުކުރެވޭނެ އުފެއްދުންތައް ދެނެގަނެ، އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި އެނޫންވެސް ވިޔަފާރީގެ އެއްބަސްވުންތަކަށް ވަދެފައިވާ ޤައުމުތަކުގައި އެ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމެވެ. އަދި، މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެކި ސިޔާސަތުތައް މެދުވެރިކޮށް ދިވެހި މަސައްކަތްތެރިންނަށް ތަކެތި އުފެއްދުމުގައި ކުރިއެރުންތަކެއް ހޯދައިދިނުމަށް އެހީތެރިވުމެވެ.

ވީމާ، ތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރުގައި މަޢުލޫމާތު ހިމެނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 15 އޯގަސްޓް 2024 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ދަންނަވަމެވެ.

https://trade.gov.mv/en/producers-registry-form

މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ، މިނިސްޓްރީ އޮފް އިކޮނޮމިކްގެ ކޮންޓެކްޓް ސެންޓަރ 1500 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

                        ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ޑައުންލޯޑް ކުރުމަށް