އޭދަފުށީގެ ވަށައިގެންވާ ސަރަހައްދުތަކާއި އާންމުތަންތަނުގައި ބަހައްޓާފައިވާ ތަކެތި ނެގުމާގުޅޭ

ނަންބަރު : (IUL)320-ADHR/320/2024/92
ޕަބްލިޝްކުރި ތާރީޚު : 28 ޖުލައި 2025
ސުންގަޑި : 31 މާރިޗު 2025

 އޭދަފުށްޓަކީ އަމާން އޮމާން ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމުގެ މަގުސަދުގައި މިކައުންސިލްގެ ފަރާތުން ކުރަމުންދާ މަސައްކަތުގެތެރެއިން އޭދަފުށީގެ ވަށައިގެންވާ ސަރަހައްދުތަކާއި އާންމުތަންތަނުގައި ކައުންސިލްގެ ހުއްދަނެތި ގަވާއިދާއި ޚިލާފަށް ބަހައްޓާފައިވާ ތަކެތި  26 އޮގަސްޓު 2024 ގެ ކުރިން އެތަކެތީގެ ވެރި ފަރާތުން އެތަކެތި ނެގުމަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި މިތަކެތީގެ ވެރިފަރާތުން މިތަކެތި ނުނަގާނަމަ، ގަވާއިދު ނަންބަރު R-995/ 2013(ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު) ގެ ދަށުން، އެއީ  ދޫކޮށްލާފައިވާ ތަކެތިކަމުގައި ކަނޑައަޅާ، އެތަކެތި ނެގުމުގެ މަސައްކަތް މި އިދާރާއިން ކުރިއަށް ގެންދާނެކަމުގައި ދަންނަވަމެވެ.

                   އަދިދަންނަވަމެވެ. ތަކެތި ނަގައިގެން ގެންދިއުމުގައި އެ އެއްޗަކަށް ލިބޭ އެއްވެސް ގެއްލުމަކަށް މިއިދާރާއިން ޒިންމާ ނުވާނެކަންވެސް ރައްޔިތުންގެ މައުލޫމާތައްޓަކައި ދަންނަވަމެވެ.  

                   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

ޑައުންލޯޑް ކުރުމަށް