ރައްޔިތުންނާއި ބައްދަލުކުރުން

ނަންބަރު :(IUL)320-ADHR/320/2024/69
ޕަބްލިޝްކުރި ތާރީޚު :08 ޖުލައި 2024
ސުންގަޑި :22 ޑިސެމްބަރު 2024

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު، ޤާނޫނު ނަމްބަރ: 2010/07 ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުވަރީ މަހާއި، ޖުލައި މަހު ސިޓީކައުންސިލުންނާއި، ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެކަމަށް ލާޒިމްކޮށްފައިވެއެވެ.  މިގޮތުން ޖުލައިމަހުގައި ބާއްވާ އާއްމު ބައްދަލުވުމުގައި ވޭތުވެދިޔަ 6 މަސް ދުވަހުގެ ރިޕޯޓާއި، ކައުންސިލްގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލުހޯދަންވާނެކަން ބަޔާން ކޮށްފައިވެއެވެ. އެހެންކަމުން ޖުލައިމަހުގައި ބާއްވަންޖެހޭ ރައްޔިތުންގެ ބައްދަލުވުން 19 ޖުލައި 2024 ވާ (ހުކުރު) ދުވަހުގެރޭ 21:00 ގައި މަލްޓިޕަރޕަސް ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

                ވީމާ މިބައްދަލުވުމުގައި ވީހާ ގިނަބަޔަކު ބައިވެރިވެދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

ޑައުންލޯޑް ކުރުމަށް