ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުށް) ވިއްކުމަށްޓަކައި އެޖެންޓު ހޯދުމާއި ގުޅޭ

ނަންބަރު :(IUL)320-PRM/320/2024/61
ޕަބްލިޝްކުރި ތާރީޚު :12 ޖޫން 2024
ސުންގަޑި :19 ސެޕްޓެމްބަރު 2024

ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުށް) ވިއްކުމަށްޓަކައި އެޖެންޓު ހޯދުމާއި ގުޅޭ

            އެސްޓީއޯ އިން ވިއްކާ ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުށް) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ކަނޑައަޅާފައިވާ އަގުގައި އާއްމު ރައްޔިތުންނަށް ވިއްކައި ދިނުމުގެ މަސައްކަތް ކޮށްދިނުމަށްޓަކައި، ބ.އޭދަފުއްޓަށް އެސްޓީއޯ ކާޑު އެޖެންޓެއް ނެގުމަށްވަނީ ހަމަޖެހިފައެވެ.

            ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ އޭދަފުށީގައި ތިބި ވިޔަފާރި ކުރާ ފަރާތްތަކުން 2024 ޖޫން 23  14:00 ގެ ކުރިން މިދަންނަވާ ލިޔެކިޔުންތައް ސިޓީއަކާއި އެކު މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
 
- ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
- ވިޔަފާރި ވެރިފަރާތުގެ އައި.ޑީ ކާޑު ކޮޕީ

ޑައުންލޯޑް ކުރުމަށް