ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމާ ގުޅޭ

ނަންބަރު :(IUL)320-ADHR/320/2024/56
ޕަބްލިޝްކުރި ތާރީޚު :19 މޭ 2024
ސުންގަޑި :21 ޑިސެމްބަރު 2024

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން، އެކުލަވާލާ ގެޒެޓްކޮށްފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުސޫލާއި އެއްގޮތަށް، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް، ފޯމު ހުށަހެލުމުގެ ފުރުސަތު 19 މޭ 2024 ވަނަ ދުވަހުން ފެށިގެން ހުޅުވާލަމެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:00 އަށް މި އިދާރާގެ ކައުންޓަރުންނެވެ.

                  ވީމާ ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން މަތީގައި ދަންނަވާފައިވާ ގޮތުގެމަތިން "ފަޤީރުންނާއި، މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް" ފުރިހަމަ ކުރައްވާ ފޯމާއިއެކު ހުށަހަޅަން ޖެހޭ އެހެނިހެން ލިޔެކިޔުންތަކާއެކު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                   އަދި ދަންނަވަމެވެ. މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާއި ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މި އިއުލާނާއިއެކު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުސޫލާއި، ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ.