އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ
ނަންބަރު :(IUL)320-PRM/320/2024/39
ޕަބްލިޝްކުރި ތާރީޚު :02 މޭ 2024
ސުންގަޑި :28 މޭ 2024
އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި 1200 (ބާރަސަތޭކަ) އަކަފޫޓްގެ 183 (ސަތޭކަ އައްޑިހަ ތިން ) ގޯތި ދޫކުރުމަށް ނިންމާ، ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފީމެވެ.
- ފޯމު ދޫކުރުން 31 މާރިޗު 2024 ވަނަ ދުވަހުން ފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާރާއިން
- ފޯމު އީމެއިލް ކުރާނަމަ : [email protected] (28 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހުން ފެށިގެން 28 މެއި 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް)
- ރަމަޟާން މަހު ފޯމް ދޫކުރާ ގަޑި: ހެދުނު 10.00 ން 12.00 ( ހުކުރު / ހޮނިހިރު ފިޔަވައި)
- ފޯމް ބަލައިގަތުން: 28 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހުން ފެށިގެން 28 މެއި 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ( ހެދުނު 9.30 ން 12.00 އަށް ރަސްމީގަޑީގައި )
މިއިޢުލާނާއެކު "މާޅޮސް މަޑުލު ދެކުނުބުރީ އޭދަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" އާއި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު އަންގައިދޭ ޗާޓް އަދި ބ. އޭދަފުށިން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށްއެދޭ ފޯމު ޝާއިޢު ކުރީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.