އޭދަފުށީ ހުޅަނގުކޮޅު ހިއްކި ސަރަޙައްދުގައި (ވެރިފަރާތެއް ނޭނގޭ، ރަޖިސްޓްރީ ނަންބަރެއް ނެތް) ހަލާކުވެފައިވާ ހައިމާކުގެ ވެރިފަރާތް ހޯދުމާއި ބެހޭ

ނަންބަރު :(IUL)320-ADHR/320/2024/46
ޕަބްލިޝްކުރި ތާރީޚު :18 އޭޕްރީލު 2024
ސުންގަޑި :22 ޑިސެމްބަރު 2024

އޭދަފުށީ ހުޅަނގުކޮޅު ހިއްކި ސަރަޙައްދުގައި (ވެރިފަރާތެއް ނޭނގޭ، ރަޖިސްޓްރީ ނަންބަރެއް ނެތް) ހަލާކުވެފައިވާ ހައިމާކެއް ބާއްވާފައި އޮންނަތާ ގިނަ ދުވަސްތަކެއްވަނީ ވެފައެވެ. އަދި މި ހައިމާކުގެ ވެރިފަރާތެއް ހޯދުމަށް 2023 ވަނަ އަހަރު މި ކައުންސިލުން ޢިއުލާނުކުރި ނަމަވެސް، އޭގެ ވެރިފަރާތެއް ނުވެއެވެ.

                      ވީމާ ދެންނެވިފައިވާ ސަރަހައްދުގައި ބާއްވާފައި އޮތް ހައިމާކުގެ ވެރި ފަރާތެއްވާނަމަ 19 މޭ 2024 ގެ ކުރިން ހައިމާކާއި ހަވާލުވެ އެސަރަހައްދުން ނެގުމަށް އަންގާ ޢިއުލާނު ކުރަމެވެ. އަދި މި މުއްދަތުގެ ތެރޭގައި  ހަވާލު ނުވެއްޖެނަމަ، ގަވާއިދު ނަންބަރު: R-995/ 2013 (ޢާންމުތަންތަނަށާއި ، މަގުމައްޗަށާއި ، ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު) ގެ ދަށުން، އެއީ  ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައަޅާ، މި ކައުންސިލުން އެއާމެދު ނިންމާ ގޮތެއްގެމަތިން އަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ޑައުންލޯޑް ކުރުމަށް