ފެރީޓާރމިނަލް އިމާރާތުގެ ޕޯޓިކޯގެ މަސައްކަތާއި އިމާރާތުގެ ބޭރުގައި ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

ނަންބަރު :(IUL)320-FNP/320/2024/38
ޕަބްލިޝްކުރި ތާރީޚު :27 މާރިޗު 2024
ސުންގަޑި :08 ސެޕްޓެމްބަރު 2024

ފެރީޓާރމިނަލް އިމާރާތުގެ ޕޯޓިކޯގެ މަސައްކަތާއި އިމާރާތުގެ ބޭރުގައި ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު:(IUL)320-FNP/320/2024/26 އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަން އަގު ބޮޑުކަމަށް ފެންނާތީ މިބީލަން ބާތިލް ކުރުމަށް ފަހު އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 2024 މާރިޗު 27 ވާ ބުދަ ދުވަހުން ފެށިގެން 2024 އޭޕްރިލް 04 ވާ ބުރާސްފަތި ދުވަހުގެ 10:00 އާއި ހަމައަށް އޮންލައިންކޮށް ތިރީގައިމިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މި ބީލަމާގުޅޭގޮތުން ތައްޔާރުކުރެވިފައިވާ އެންމެހައި ލިޔެކިޔުންތައް ބީލަމަށް ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.

ލިންކު:  https://forms.office.com/r/MEP0dGdb72

މަޢުލޫމާތު ދިނުން

ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 2024 އޭޕްރިލް 16 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިމަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ބައިވެރިވާންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ޑައުންލޯޑް ކުރުމަށް