ބ.އޭދަފުށީ ފުޓްސަލް ކަޕް 2024 މުބާރާތް ލައިވް ކުރުމުގެ މަސައްކަތުގެ އަގު ( ކޯޓޭޝަން ) ހުށަހެޅުމަށް ހުޅުވާލުން

ނަންބަރު :(IUL)320-FNP/320/2024/33
ޕަބްލިޝްކުރި ތާރީޚު :17 މާރިޗު 2024
ސުންގަޑި :20 ސެޕްޓެމްބަރު 2024

މި ކައުންސިލްގެ ފަރާތުން 2024 އޭޕްރިލް 8 ން 17 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގެ މެޗުތައް ލައިވް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ކޯޓޭޝަން ހުށަހަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. އަދި ހުށަހަޅުއްވާ ކޯޓޭޝަންގައި މުއްދަތުބަޔާންކުރެވިފައިވާންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ކޯޓޭޝަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

            ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 މާރިޗު 20 ވާ ބުދަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޖުމާން (9999038) އަށް ގުޅުއްވުން އެދެމެވެ.

ޑައުންލޯޑް ކުރުމަށް