ރަށުތެރެ ސާފުކުރުމާއި ގުޅޭ

ނަންބަރު :(IUL)320-PRM/320/2024/23
ޕަބްލިޝްކުރި ތާރީޚު :12 ފެބްރުއަރީ 2024
ސުންގަޑި :20 ސެޕްޓެމްބަރު 2024

2024 ފެބްރުއަރީ 07 ވީ ބުދަ ދުވަހު މިއިދާރާގެ ފަރާތުން ކޮށްފައިވާ ނަންބަރު: (IUL)320-PRM/320/2024/22 އިޢުލާނުގައި ފާހަގަކުރެވިފައިވާ ސަރަހައްދުގައި (ސްޓޭޖް ސަރަހައްދުން ފެށިގެން އިންޖީނުގެއާ ހަމައަށް) ބެހެއްޓިފައިވާ ތަކެތި ނެގުމަށް ދީފައިވާ މުއްދަތު 2024 ފެބްރުއަރީ 17 އަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

                   ވީމާ، މިތަކެތީގެ ވެރިފަރާތްތަކުން 17 ފެބްރުއަރީ 2024 ގެކުރިން އެތަކެތި ނަންގަވައި އެސަރަހައްދު ސާފުކުރުމަށް އަންގަމެވެ. މުއްދަތު ހަމަވާއިރު ތަކެތި ނަންގަވައި އެސަރަހައްދު ސާފުކޮށްފައިނުވާނަމަ، މި ކައުންސިލުން އެތަކެތި ނަގާ ނައްތާލެވޭނެ ވާހަކަ ވެސް ދެންނެވީމެވެ. އަދި އެތަކެތި ނަގައި ނައްތާލުމުގައި ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މިކައުންސިލުން ނުނަގާނެ ވާހަކަ ވެސް ދަންނަވަމެވެ.

                   މި އެންގުމާއި ޙިލާފުވާ ފަރާތްތަކާއި މެދު އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:07/2010 ) ގެ 140 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެކަން އަންގާ އިޢުލާނު ކުރަމެވެ.

ޑައުންލޯޑް ކުރުމަށް