ޕިކަޕެއް ކުއްޔަށް ހިފުމާއި ބެހޭ

ނަންބަރު :(IUL)320-FNP/320/2024/1
ޕަބްލިޝްކުރި ތާރީޚު :03 ޖެނުއަރީ 2024
ސުންގަޑި :15 ޖެނުއަރީ 2024

ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކުނި ނެގުމުގެ މަސައްކަތް ކުރުމަށް ޕިކަޕެއް ކުއްޔަށް ދޭނެ  ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީހަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯސަލް ހުށަހެޅުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން އޮންނާނީ މި އިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވަންވާނީ އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އިގޭފަދަ ރަސްމީ ލިއުމަކާއި އެކުގައެވެ. ކުންފުންޏަކުން ނަމަ އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ ފަރާތެއްކަން އަންގައިގޭ ލިއުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ދިނުން

14 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 10:00 އަށް

އެސްޓިމޭޓް ހުށަހެޅުން

16 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 10:00 އަށް

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކުފޮނުވާނަމަ އެމީހަކީ އެފަރާތުން ފޮނުއްވާ މީހެއްކަން އަންގައިދޭ ލިއުމެއް ހުށަހަޅަންޖެހޭނެއެވެ. މިފަދަ ލިއުމެއްނެތި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތަކާއި، އީމެއިލާ ފެކްސްގެ ޒަރީޢާއިން ފޮނުވާ ޕްރޮޕޯސަލްތައް ބަލައި ނުގަންނާނެކަމާ، އަދި މަޢުލޫމާތު ފުރިހަމަނުވާ ޕްރޮޕޯސަލް ބާޠިލް ވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ޑައުންލޯޑް ކުރުމަށް