ރެފްރީކޯސް ހިންގުމަށް ގެންނަ ޓްރެއިނަރުންނަށް ކާންދޭނޭ ފަރާތެއް ހޯދުމަށް އަގު ( ކޯޓޭޝަން ) ހުށަހެޅުމަށް ހުޅުވާލުން

ނަންބަރު : ނެތް
އިޢުލާން ތާރީޚް : 04 ފެބްރުއަރީ 2025
ބީލަން ހުށައެޅުން : 09 ފެބްރުއަރީ 2025

 

ރެފްރީކޯސް ހިންގުމަށް ގެންނަ ޓްރެއިނަރުންނަށް ކާންދޭނޭ ފަރާތެއް ހޯދުމަށް އަގު ( ކޯޓޭޝަން ) ހުށަހެޅުމަށް ހުޅުވާލުން

 

                 ބ.އޭދަފުށީގައި 15 ފެބްރުއަރީ 2025 ން 21 ފެބްރުއަރީ 2025 އަށް ހިންގުމަށް ހަމަޖެހިފައިވާ ރެފްރީކޯހުގެ ޓްރެއިނަރުންނަށް ކާންދިނުމުގެ މަސައްކަތް 08 ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަގު (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމަވެ.

                  ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2025 ފެބްރުއަރީ 09 ވާ އާދީއްތަ ދުވަހުގެ 13:30 ގައި މިއިދާރާއަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ، [email protected] އަށް 2025 ފެބްރުއަރީ 09 ވާ އާދީއްތަ ދުވަހުގެ 13:30 ގައި ފޮނުއްވަންވާނެއެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު: 6608303 ފޯނާއި ގުޅުއްވުން އެދެމެވެ.

ޑައުންލޯޑް ކުރުމަށް