މަގުޞަދު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 7/2010) އާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް ހިންގުމަށާއި، ކައުންސިލްގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށާއި، އޭދަފުށީގައި  ދިރިއުޅޭ ރައްޔިތުންގެ ކަންކަން ކައުންސިލުން ނިންމުމަށްޓަކައި ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެބައްދަލުވުންތައް ހިންގުމާއި، އެބައްދަލުވުންތަކުގައި ނިންމާ ކަންކަން ނިންމުމުގައި ދިމިޤުރާތީ ގޮތުންނާއި، ޘަގާފީގޮތުން ރައްޔިތުން ބާރުވެރިކޮށް ފުޅާދާއިރާއެއްގައި ޚިދުމަތް ގާތުން ލިބޭނެމަގު އަވަސްކޮށްދީ އަމާން ރައްކާތެރިވެއްޓެއް ރައްޔިތުންނަށް ގާއިމްކުރުމެވެ.