ޤައުމީ އެންޓި ކަރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެންޓި ކަރަޕްޝަން ދުވަހާއި ގުޅުވައިގެން ނަޒާހަތްތެރި ކަމުގެ ވައުދުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޭދަފުށީގައި މިއަދު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބޭއްވިގެން ދިޔައީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ވައުދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

މި ރަސްމިއްޔާތު ފެށިގެން ދިޔައީ ކީރިތ ގުރުއާނުގެ ބަރަކާތުންނެވެ. އެއަށްފަހު ދެންއޮތީ ރަސްމީޔާތު ތައާރަފުކުރުމުގެ ގޮތުން އޭދަފުށީ ކައުންސިލްގެ ރައީސާ ގެ ވާހަކަ ދެއްކުމެވެ. މި ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ސޮއި ކުރެއްވީ ބ އަތޮޅު ކައުންސިލް އިދާރާގެ ނާއިބް ރައީސް އަލްފާޟިލް މަބްރޫކް ނަޞީރު އަދި އޭދަފުށި ކައުންސިލް އިދާރާގެ ރައީސް އަލްފާޟިލާ ނާޒްނީން ޔޫސުފް އެވެ. ދެން އޮތީ އޭދަފުށިގައި ހުރި ސަރުކާރު މުއައްސަސާތަކުގެ ވެރިން އަދި އޮފީސްތަކުގެ މުވައްޒަފުން ސޮއި ކުރެއްވުމެވެ. އެއަށްފަހު އަތޮޅުގެ ފޯކަލް ޕޮއިންޓް ބ އަތޮޅު ކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް މަބުރޫކް ނަޞީރު ވާހަކަފުޅުދެއްކެވިއެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި މިފަދަ ވައުދެއްގައި ސަރުކާރުގެ އިދާރާތަކުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވުމަކީ އުފާކުރާކަމެއްކަމާއި އަދި ވައުދުގައި ސޮއިކުރާއިރު ހުރިހާބޭފުޅުންވެސް ރަގަޅަށް ވައުދު ވިދާޅު ވުމަށް އެދޭކަމަށް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި އޭދަފުށީގައި ހުރި ހުރިހާ ސަރުކާރު މުއައްސަސާ ތަކުގެ ވެރިން އަދި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތު ކުރިޔަށް ދިޔައީ އޭދަފުށީ މަލްޓި ޕާޕަސް ހޯލުގައެވެ.