ކައުންސިލްގެ މިޝަން

ލާމަރުކަޒީ ޤާނޫނުން ކައުންސިލަށް މަތިކުރެވިފައިވާ އެންމެހާކަންތައްތަކާއި ޚިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއިއެކު، ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކާއި ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލް އިދާރާގެ ދައުރު ހަރުދަނާކުރުމާއިއެކު، މުވައްޒަފުން ހިތްހަމަޖެހިގެން މަސައްކަތްކުރެވޭނެ ރައްކާތެރި މާޙައުލެއް ގާއިމްކުރުން، މުވައްޒަފުން ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިކޮށް ތަޢުލީމީގޮތުން ޤާބިލްބަޔަކަށް ހަދައި އިޖްތިމާޢީ ގޮތުންނާއި، އުމްރާނީގޮތުން ދެމެހެއްޓިނިވި ތައްޤީގެ މަޝްރޫޢުތައް ހިންގޭނެބަޔަކަށް ހެދުމާއިއެކު، މަޑަވެލި ކައުންސިލަކީ ނަމޫނާ ކައުންސިލަކަށް ހެދުމެއެވެ