ކައުންސިލް އިދާރާގެ ތައާރަފް

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އެންމެހައި ކަންކަން ހިންގާނީ ކައުންސިލުގެ ރައީސްގެ ބެލުމުގެ ދަށުންނެވެ. ކައުންސިލުގެ ރައީސް ރަށުގައި ނެތް ހާލަތްތަކުގައި ކައުންސިލުގެ ކަންކަން ކުރިޔަށްގެންދާނީ ކައުންސިލުގެ ނާއިބްރައީސް ގެ ބެއްލެވުމުގެ ދަށުން ކައުންސިލުގެ ރައީސްގެ މަޝްވަރާގެ މަތިން، އަދި، ދިވެހިރާއްޖޭގެ އިދާރީދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި އަދި ކައުންސިލް ހިންގުމުގެ އާންމު ޤަވާޢިދާއެއްގޮތަށެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުންހިންގުމުގެ ޤާނޫނުގެ ދަށުން މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުގެ ފަރާތުން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ދިނުމަށް ވަނީ ލާޒިމް ކޮށްފައެވެ. މިގޮތުން ދުވަހުން ދުވަހަށް ރަށް ހިންގުމަށް ބޭނުންވާ ޤަވާޢިދުތަކާއި އުޞޫލުތައް ކަނޑައަޅައި ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ނިންމުންތައް ނިންމާ ރަށުގެ އިޖްތިމާއީ އެކިއެކި ތަންތަނާއި، ސަރަޙައްދު ބެލެހެއްޓުމާއި އެހެން މުއައްސަސާ ތަކަށް އެހީތެރިވުން ހިމެނެއެވެ.