ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން އިންތިޒާމު ކޮށްގެން ބޭއްވި 32 ވަނަ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މުޅި މުބާރާތުން ދެވަނަ އިޔާން އަލީ ވަހީދު ހޯދައިފި އެވެ.
މިދިޔަ މަހުގެ 25 އިން 29 އަށް ކުރިއަށް ގެންދިޔަ މުބާރާތުން އޭދަފުށި އަލިތަރި، އިޔާން އަށް ދެވަނަ ލިބިފައި ވަނީ މުޅި މުބާރާތުން، 20 ފޮތުން ބަލައިގެން ކިޔެވުމުގެ ބައިންނެވެ.
މިއަހަރުގެ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ޖުމްލަ 255 ބައިވެރިން ވާދަކުރިއެވެ. އެގޮތުން ހިތުން ކިޔެވުމުގެ ބައިގައި 66 ފަރާތަކުން ވާދަ ކުރާއިރު ފޮތުން ކިޔެވުމުގެ ބައި ނުވަތަ ބަލައިގެން ކިޔެވުމުގެ ބައިގައި 189 ބައިވެރިން ވަނީ ވާދަކޮށްފަ އެވެ.
ގައުމީ ގުރުއާން މުބާރާތުން އިޔާން ހޯދި ފުރިހަމަ ކާމިޔާބީ ފާހަގަކޮށް އޭދަފުށީ ކައުންސިލްގެ ފަރާތުން އިޔާން އަށާއި އާއިލާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.