ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނޫ ( ޤާނޫނު ނަމްބަރ: 2010/7 ) ގެ 110 ވަނަ މާއްދާގެ 11 ވަނަ ބާބުގެ ދަށުން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީ އަދި ޖުލައި މަހު ކައުންސިލްތަކުން ބާއްވާ ލާމަރުކަޒީ ޤާނޫނުގެ ބަޔާންކޮށްފައިވުމާއެކު، އެގޮތުން ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން 31 ޖުލައި 2017 ވަނަ ދުވަހުގެރޭ 21.00 ގައި މަލްޓިޕަރޕަސް ހޯލްގައި ކުރިއަށް ދިއައެވެ. މިބައްބަދަލުވުމުގައި ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދުމާއި، ކައުންސިލުން މިހާރުކުރިއަށްގެންދާ މަސައްކަތްތަކާއި އަދި ކުރިއަށް ކުރަންރޭވިފައިހުރި ކަންތައްތައް ރައްޔިތުންނާ ހިއްސާކުރެއްވިއެވެ. މިބައްދަލުވުމުގެ ރިޔާސަތުބެލެހެއްޓެވީ ކައުންސިލްގެ 5 މެމްބަރުންނާއި، ޒިންމާދާރުވެރިޔާއެވެ. އަދި ރައްޔިތުންނަށް ކައުންސިލްގެ އެކިއެކި ކަންކަން އޮޅުން ފިލުވުމުގެ ގޮތުން ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައިގެން ގެންދެވުނު މިބައްދަލުވުމުގައި ރައްޔިތުންގެ ސުވާލުތަކަށް ކައުންސިލް ފަރާތުން ޖަވާބުދާރީވެފައިވެއެވެ. އަދި މިބައްދަލުވުމުގައި ރައްޔިތުންގެ ތެރެއިން 54 ފިރިހެނުންނާއި، 24 އަންހެނުން ބައިވެރިވެލެއްވިއެވެ.