މިއަދު އަލަން އިންތިހާބު ކުރެވުނު އޭދަފުށީ ކައުންސިލުގެ ރައީސް އަކަށް ޠަލާލް ޢަބްދުއްރަޙްމާނު އަދި ނައިބް ރައީސް ކަމަށް ޙައްވާ ސަމީހާ އިންތިހާބުކޮށްފިއެވެ.
އާ ކައުންސިލަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު، ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި އޭދަފުށީ ކައުންސިލުގެ މި ދައުރުގެ ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓްގައި އޭދަފުށީ ދާއިރާއިން ކައުންސިލަށް ހޮވި ވަޑައިގެންނެވި ޠަލާލް ޢަބްދުއްރަޙްމާނު އިންތިހާބުވީ 4 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ރައީސް ކަމަށް ކުރިމަތިލެއްވީވެސް ޠަލާލް ޢަބްދުއްރަހްމާނު އެކަންޏެވެ.
އޭދަފުށީ ކައުންސިލްގެ މި ދައުރުގެ ނައިބު ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓްގައި އޭދަފުށީ ދާއިރާއިން ކައުންސިލަށް ހޮވި ވަޑައިގެންނެވި ޙައްވާ ސަމީހާ އިންތިހާބުވީ 3 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ ޕީޕީއެމްގެ ޓިކެޓްގައި އޭދަފުށީ ދާއިރާއިން ކައުންސިލަށް ހޮވިވަޑައިގަތް ޙައްވާ ސަމީހާ އާއި އަމިއްލަ ޓިކެޓްގައި އޭދަފުށީ ދާއިރާއިން ކައުންސިލަށް ހޮވިވަޑައިގަތް ޒައިދު ޢަލީ އެވެ.