ޗައިނާގެ ޒިއާންޖީ ކޮލެޖް އޮފް ފޮރިން ސްޓަޑީޒްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެމިނާއެއްގައި ބައިވެރިވުމަށް އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ޗައިނާއަށް ފުރާވަޑައިގެންފި އެވެ.
ސެމިނާ އޮން މެނޭޖްމަންޓް ކެޕޭސިޓީ ފޯ ލޯކަލް ކައުންސިލްސް” ގެ ނަމުގައި ބާއްވާ މި ސެމިނާގައި އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހްމާން ބައިވެރިވެވަޑައިގަންނަވަނީ ރާއްޖޭގެ ރަށްރަށުގެ ކައުންސިލަރުންގެ ތެރެއިން ހޮވާލެވުނު 10 ބޭފުޅުންގެ ތެރޭގައި ހިމެނިގެންނެވެ. ކައުންސިލަރުންގެ އިތުރުން އެލްޖީއޭ އާއި ރައީސް އޮފީހުގެ ބޭފުޅުންވެސް މި ސެމިނާގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ޖުލައި 1 އިން 21 ގެ ނިޔަލަށް ކުރިއަށްގެންދާ މި ސެމިނާގެ ބައިވެރިން ޗައިނާގެ ބައެއް ސިޓީ ތަކުގެ އިތުރުން ޕްރޮވިންސްތަކަށް ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފަ އެވެ.