ދުނިޔޭގެ ތިމާވެށި ދުވަހާއި ދިމާކޮށް އޭދަފުށީ ހިއްކި ޞަރަޙައްދު ފެހިކުރުމުގެ ގޮތުން 300 އަށްވުރެ ގިނަ ގަސް  އިންދައިފިއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބ އަތޮޅުގެ ހުރިހާ ރިސޯޓްތަކާިއި އޭދަފުށީގެ ހުރިހާ ސަރުކާރު މުއައްސަސާތަކަކަށް ދައުވަތުދެއްވިއެވެ.

މި ޕްރޮގާރާމަށް ގަސް ހަދިޔާކުރީ ރޯޔަލް އައިލެންޑް ރިސޯޓް އަދި ސޮނެވާފުށީ ރިސޯޓްގެ ފަރާތުންނެވެ. އަދި މި ހަރަކާތުގައި އެ ދެ ރިސޯޓްގެ މުވައްޒަފުންވެސް އަމަލީގޮތުން ވަނީ ބައިވެރިވެފަ އެވެ.މި ޕްރޮގްރާމު ކުރިއަަށް ގެންދިޔައީ ރަށުގެ މުއައްސަސާތަކާއި ސްކޫލުގެ ތިމާވެށި ކްލަބުގެ ދަރިވަރުންނާއި ގުޅިގެންނެވެ.

ނަމަވެސް މި ހަރަކާތުގައި ބައިވެރިވީ މަދުބައެއްކަން ފާހަގަ ކުރެވެއެވެ

އޭދަފުށީ ހިއްކި ސަރަހައްދު ފެހިކުރުމަށް މި ފެށުނު ގަސްއިންދުމުގެ ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށް އޭދަފުށީ ކައުންސިލް މެމްބަރ މުހައްމަދު ރިޒާ ވިދާޅުވިއެވެ. އަދި މީގެ އިތުރުގަސްތަކެއް މި ފެށޭ ރަމަޟާންމަސް ނިމުމަށްފަހު އިންދުމަށް ވަނީ ހަމަޖެހިފައެވެ.

މިފަދަ ކަމަކަށް މި އަތޮޅުގެ ދެރިޒޯޓް ކަމަށްވާ ރޯޔަލް އައިލެންޑް ރިޒޯޓް އަދި ސޮނެވާފުށިން ދެއްވި އެއްބާރުލުމަށް އެ ދެރިޒޯޓްގެ މެނޭޖްމަންޓަށް ޝުކުރުއަދާ ކުރައްވާ ކަމަށްވެސް ރިޒާ ވިދާޅުވިއެވެ.